| މަޤާމުގެ ޝަރުޠުތައް: | 
އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ ފައިސާއާބެހޭ ލިއުންތަކާއި ފޮތްތައް ބެލެހެއްޓުން.މާލެއަތޮޅު މާފުށި ކައުންސިލުގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.މި އިދާރާއަށް ހޯދަންޖެހޭ ޚިދުމަތްތަކާއި ތަކެތި ހޯދުމަށްޓަކައި ހަދަންޖެހޭ އެންމެހައި ލިޔެކިއުންތައް ތައްޔާރުކުރުން.މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ ފަރާތުން ކުރުވާ އެންމެހައި މަސައްކަތްތަކުގެ ކަންކަން، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކޮށް ބެލެހެއްޓުން.މި އިދާރާއަށް ހުށަހެޅޭ ވިޔަފާރިހުއްދައާއި އުވާލެވޭ ހުއްދަ ހަދައި، ރިޕޯޓް ތައްޔާރުކޮށް، ވިޔަފާރިކުރާ ތަންތަނުގެ ރަޖިސްތްރީ އަފްޑޭޓްކުރުމާއި ބެލެހެއްޓުން.މި އިދާރާގެ ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން/ ޗެކްރަޖިސްޓްރީ ބެލެހެއްޓުން.މީގެ އިތުރުންވެސް، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ލިބިފައިވާ ތަޢުލީމާއި ތަމްރީނު.ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.ލިބިފައިވާ ހުނަރު. | 
| އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕުރެކްޓިކަލްސްއާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި، ފަހުން އެންގޭނެއެވެ. | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށެވެ. | 
| އުޖޫރައާއި ޢިނާޔަތްތައް: | 
އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.) | 
| ނޯޓް: | މި މަޤާމަށް މީހަކު ހޯދުމަށް، 3 ޖޫން 2014 ގައި މި އިދާރާއިން ކުރި ނަންބަރު  IUL)337/2014/09) ގެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ. | 
| އިތުރު މަޢުލޫމާތު: | މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6640073 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. ފެކްސް ނަންބަރަކީ،6640073 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. | 
| 20 ރަބީޢުލްއައްޥަލް 1436 |