ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިގުޅޭ

ޤަވާއިދު ނަންބަރު 2022/R-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއި ބެހޭ ޤަވާއިދު) ގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުމަށް މި ޤަވާއިދުގެ 9 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ހއ. ދިއްދޫ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 109 ވަނަ ޢާންމު ބައްދަލުވުމުގައި، ކައުންސިލުން ނިންމާފައިވާ އަގުތަށް ތިރީގައި މި ދަންނަވަނީ އެވެ.

  1. އެއްފަހަރާ ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު އަކަފޫޓަކަށް -/50 (ފަންސާސް) ރުފިޔާ.
  2. އެކި ފަހަރު މަތިން ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު އަކަފޫޓަކަށް -/60 (ފަސްދޮޅަސް) ރުފިޔާ.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

10 އޭޕްރިލް 2023
ހޯދާ