ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251/251/2023/29
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:32
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ދިއްދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިގުޅޭ
ޤަވާއިދު ނަންބަރު 2022/R-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއި ބެހޭ ޤަވާއިދު) ގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުމަށް މި ޤަވާއިދުގެ 9 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ހއ. ދިއްދޫ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 109 ވަނަ ޢާންމު ބައްދަލުވުމުގައި، ކައުންސިލުން ނިންމާފައިވާ އަގުތަށް ތިރީގައި މި ދަންނަވަނީ އެވެ.
- އެއްފަހަރާ ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު އަކަފޫޓަކަށް -/50 (ފަންސާސް) ރުފިޔާ.
- އެކި ފަހަރު މަތިން ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު އަކަފޫޓަކަށް -/60 (ފަސްދޮޅަސް) ރުފިޔާ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
10 އޭޕްރިލް 2023