މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންފޮމޭޝަން ޝީޓް ހުށަހެޅުން
ސަރކިއުލަރ
ނަންބަރު: 220TSP/CIR/2014/13
ތާރީޚު: 31 ޑިސެންބަރު 2014
ލިބެންވީ: ހުރިހާ ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް
މައުޟޫއު: އިންފޮމޭޝަން ޝީޓް ހުށަހެޅުން
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް ހިންގާ ފަރާތްތަކުން އެ ތަންތަނުގައި ތިބޭ ގެސްޓުންނާބެހޭ މައުލޫމާތު މީރާއަށް ހުށަހަޅަންޖެހެއެވެ.
ވީމާ، ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް ހިންގާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
- ޑިސެންބަރު 2014 އިން ފެށިގެން، ކޮންމެ މަހަކު ވެސް، ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުގައި ތިބޭ ގެސްޓުންނާބެހޭ މައުލޫމާތު ހިމެނޭ "އިންފޮމޭޝަން ޝީޓް"، ޖެހިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، އެޓޭޗްކުރެފައިވާ ފޯމެޓުގައި މީރާއަށް ހުށަހަޅަންވާނެއެވެ.
- މި ގޮތުން އެންމެ ފުރަތަމަ ހުށަހަޅަންޖެހޭނީ ޑިސެންބަރު 2014 ގެ އިންފޮމޭޝަން ޝީޓެވެ. މި އިންފޮމޭޝަން ޝީޓް 8 ޖަނަވަރީ 2015 ގެ ނިޔަލަށް މީރާއަށް ހުށަހަޅަންޖެހޭނެއެވެ.
މި ކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 1415 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމޭލްކުރެއްވުން އެދެމެވެ.
31 ޑިސެންބަރު 2014
ހޯދާ