ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގެ ކޮމްޕައުންޑަަށް ބޭނުންވާ ޓަރފް ގަތުމަށް
މިސްކޫލްގެ ކޮމްޕައުންޑްގައި އަޅާފައިވާ ޓަރފް ބަދަލުކުރުމަށްޓަކައި އައު ޓަރފް ގަތުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM//2023/21 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅުއްވާފައިނުވާތީ އެ އިއުލާން ބާތިލްކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް 08 އޭޕްރީލް 2023 އިން 12 އޭޕްރީލް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ޓަރފް ބަދަލުކުރުމަށް ބޭނުންވާ ސަރަހައްދުގެ ބޮޑުމިނަކީ 11016 (އެގާރަހާސް ސޯޅަ) އަކަފޫޓެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ސްކޫލަށް ޓަރފް ޑެލިވަރީ ކުރުމަށް ހިނގާ ޚަރަދާއި މަސައްކަތްކުރާނޭ މީހުން ހަމަޖައްސަންވާނީ އެފަރާތަކުންނެވެ.
- މިޓަރފަކީ ބްރޭންޑް ނިއު، ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު ކުޅުމަށް ބޭނުންކުރާ ތަނަކަށް އެކަށީގެންވާ ޓަރފެއްކަމުގައި ވާންވާނެއެވެ.
- ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/r1w1Nh2cMnD5MrtaA
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އޭޕްރީލް 2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 13 އޭޕްރީލް 2023 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީމެއިލް: [email protected]
08 އޭޕްރިލް 2023
ހޯދާ