ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)IM/1/2023/23
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 13 އޭޕްރިލް 2023 11:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ކޮމްޕައުންޑަަށް ބޭނުންވާ ޓަރފް ގަތުމަށް

މިސްކޫލްގެ ކޮމްޕައުންޑްގައި އަޅާފައިވާ ޓަރފް ބަދަލުކުރުމަށްޓަކައި އައު ޓަރފް ގަތުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM//2023/21 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅުއްވާފައިނުވާތީ އެ އިއުލާން ބާތިލްކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  ބޭނުންވާ ފަރާތްތަކަށް 08 އޭޕްރީލް 2023 އިން  12 އޭޕްރީލް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ޓަރފް ބަދަލުކުރުމަށް ބޭނުންވާ ސަރަހައްދުގެ ބޮޑުމިނަކީ 11016 (އެގާރަހާސް ސޯޅަ) އަކަފޫޓެވެ. 
  • ބިޑް ކާމިޔާބުކުރާ ފަރާތުން ސްކޫލަށް ޓަރފް ޑެލިވަރީ ކުރުމަށް ހިނގާ ޚަރަދާއި މަސައްކަތްކުރާނޭ މީހުން ހަމަޖައްސަންވާނީ އެފަރާތަކުންނެވެ.
  • މިޓަރފަކީ ބްރޭންޑް ނިއު، ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު ކުޅުމަށް ބޭނުންކުރާ ތަނަކަށް އެކަށީގެންވާ ޓަރފެއްކަމުގައި ވާންވާނެއެވެ.
  • ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/r1w1Nh2cMnD5MrtaA
    • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އޭޕްރީލް  2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
    • ބިޑް ހުޅުވުން އޮންނާނީ 13 އޭޕްރީލް 2023 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
    • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

             ޢިމާދުއްދީން ސްކޫލް

      ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

      ފޯން: , 33157633315759

      އީމެއިލް: [email protected]  

08 އޭޕްރިލް 2023