ދިވެހިރާއްޖެ
|
|
ނަންބަރު: WAMCO-BDM/IUL/2023/030
އިޢުލާން
ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގެ ފީ ސްޓެލްކޯގެ ބިލުގައި ހިމެނުމާއި ގުޅޭ
މި ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދޭ ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ޚިދުމަތަށް ނަގާ ފީ، 1 އޭޕްރިލް 2023 އިން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރު ތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ވަނީ ނިންމާ އިއުލާނު ކުރެވިފައެވެ. މިކަމާ ގުޅިގެން މި ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާން ނަމްބަރު: WAMCO-BDM/IUL/2023/026 ގެ ދަށުން "އިންފޮމޭޝަން އަޕްޑޭޓް ފޯމު"، ހުށަހެޅުމުގެ މުއްދަތު 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ޚިދުމަތް ހޯއްދަވަމުން ގެންދަވާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި މި މުއްދަތުގައި މި ފޯމު ހުށަނާޅުއްވާ ފަރާތްތަކަށް
މޭ 2023 އިން ފެށިގެން ޚިދުމަތްދިނުން މެދުކެނޑޭނެ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.
އިސްވެ ދެންނެވުނު ފޯމު މި ކޯޕަރޭޝަނުގެ އީމެއިލް[email protected] އަށް ހުށައެޅޭނެއެވެ. މިކަމާ ގުޅޭ މައުލޫމާތު މި ކޯޕަރޭޝަނުގެ މީޑިއާ ޕްލެޓްފޯމް ތަކުގައި އާއްމު ކުރެވިފައި ވާނެކަމުގައި ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންފުޅު ވެލައްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1666 އާއި ގުޅައިގެން ލިބިވަޑައިގަންނަވާނެއެވެ.
6 އޭޕްރީލް 2023