ޢާންމު މަޢުލޫމާތު
ނަންބަރު: WAMCO-BDM/IUL/2023/030
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 06 މޭ 2023 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގެ ފީ ސްޓެލްކޯގެ ބިލުގައި ހިމެނުމާއި ގުޅޭ

 

 

  ނަންބަރު: WAMCO-BDM/IUL/2023/030     

އިޢުލާން

 

ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގެ ފީ ސްޓެލްކޯގެ ބިލުގައި ހިމެނުމާއި ގުޅޭ

 

މި ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދޭ ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ޚިދުމަތަށް ނަގާ ފީ، 1 އޭޕްރިލް 2023 އިން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރު ތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ވަނީ ނިންމާ އިއުލާނު ކުރެވިފައެވެ. މިކަމާ ގުޅިގެން މި ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާން ނަމްބަރު: WAMCO-BDM/IUL/2023/026 ގެ ދަށުން "އިންފޮމޭޝަން އަޕްޑޭޓް ފޯމު"، ހުށަހެޅުމުގެ މުއްދަތު 13 އޭޕްރީލް 2023  ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ޚިދުމަތް ހޯއްދަވަމުން ގެންދަވާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި މި މުއްދަތުގައި މި  ފޯމު ހުށަނާޅުއްވާ ފަރާތްތަކަށް
މޭ 2023 އިން ފެށިގެން ޚިދުމަތްދިނުން މެދުކެނޑޭނެ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.

އިސްވެ ދެންނެވުނު ފޯމު މި ކޯޕަރޭޝަނުގެ އީމެއިލް[email protected]  އަށް ހުށައެޅޭނެއެވެ. މިކަމާ ގުޅޭ މައުލޫމާތު މި ކޯޕަރޭޝަނުގެ މީޑިއާ ޕްލެޓްފޯމް ތަކުގައި އާއްމު ކުރެވިފައި ވާނެކަމުގައި ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު  މައުލޫމާތެއް ބޭނުންފުޅު ވެލައްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1666 އާއި ގުޅައިގެން ލިބިވަޑައިގަންނަވާނެއެވެ.

6 އޭޕްރީލް 2023

 

 

                                                                      

 

06 އޭޕްރިލް 2023