ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާ ބޮޑުއަޓިގެ މަރާމާތު ކުރުމާއި ގުޅޭ
މާތޮޑާއަވަށު ބޮޑުއަޓިގެ މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އެޕްރީލް 2023މ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތުގެ ތަފްސީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރ/ އީމެއިލް އެޑްރެސް) މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަންތައް ހުޅުވުން އޮންނާނީ 18 އެޕްރީލް 2023މ ދުވަހުގެ 13:00ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " މާތޮޑާއަވަށު ބޮޑުއަޓިގެ މަރާމާތު ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.