ބީލަން
ނަންބަރު: (IUL)423/423/2023/ 33
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 11 އޭޕްރިލް 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާ ބޮޑުއަޓިގެ މަރާމާތު ކުރުމާއި ގުޅޭ

 

ގދ.ފަރެސްމާތޮޑާ ބޮޑުއަޓިގެ މަރާމާތު ކުރުމާއި ގުޅޭ

މާތޮޑާއަވަށު ބޮޑުއަޓިގެ މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އެޕްރީލް 2023މ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތުގެ ތަފްސީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރ/ އީމެއިލް އެޑްރެސް) މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަންތައް ހުޅުވުން އޮންނާނީ 18 އެޕްރީލް 2023މ ދުވަހުގެ 13:00ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " މާތޮޑާއަވަށު ބޮޑުއަޓިގެ މަރާމާތު ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

06 އޭޕްރިލް 2023