ދިވެހިރާއްޖެ
މިއަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ކޮމްޕިއުޓަރ، ސާވަރ އަދި ޕްރިންޓަރ ހޯދުމަށް ކުރެވުނު ނަންބަރު: IUL)VAH/VAH/2014/12) އިޢުލާނަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިހޮސްޕިޓަލަށް ތިރީގައިމިވާ ތަކެތި ހޯދުމަށް އިޢުލާންކުރަމެވެ.
8 ކޮމްޕިއުޓަރ ސިސްޓަމް
3 ލޭޒަރ ޖެޓް ޕްރިންޓަރ
1 ސާވަރ
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
14 ޖަނަވަރީ 2015 (ބުދަ) ދުވަހުގެ 11:00 އަށް |
18 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަންބަރު ފޯނާއެވެ.
17 ރަބީޢުލްއައްވަލް 1436