ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)VAH/VAH/2015/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 14 ޖަނަވަރީ 2015 11:00
ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ އަދި ސާވަރ ހޯދުމާބެހޭ

މިއަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ކޮމްޕިއުޓަރ، ސާވަރ އަދި ޕްރިންޓަރ ހޯދުމަށް ކުރެވުނު ނަންބަރު: IUL)VAH/VAH/2014/12) އިޢުލާނަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިހޮސްޕިޓަލަށް ތިރީގައިމިވާ ތަކެތި ހޯދުމަށް އިޢުލާންކުރަމެވެ.

8 ކޮމްޕިއުޓަރ ސިސްޓަމް   

3 ލޭޒަރ ޖެޓް ޕްރިންޓަރ  

1 ސާވަރ            

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 ޖަނަވަރީ 2015 (ބުދަ) ދުވަހުގެ 11:00 އަށް

18 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަންބަރު ފޯނާއެވެ.

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015