މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިލްޑިންގ ކޯޑު ކައުންސިލުގެ ސަބް-ކޮމިޓީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ
މި މިނިސްޓަރީގެ ނަންބަރު IUL) 471-CIDS1/471/2023/70) (06 މާރިޗް 2023) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ސަބް-ކޮމިޓީތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ މުއްދަތު 2023 އޭޕްރިލް 09 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން ޝައުޤުވެރިކަން ހުރި ފަރާތްތަކުން [email protected] އީ-މެއިލަށް ތިރީގައިވާ މަޢުލޫމާތާއި ތަކެތި ފޮނުއްވައިދެއްވުން އެދެމެވެ.
1- މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު
2- މިދާއިރާއިން ލިބިފައިވާ ތަޢުލީމީ ސަނަދުގެ ކޮޕީ
3- ހޯއްދަވާފައިވާ ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށްފައިވާ ވަނަވަރު
އިތުރު މަޢުލޫމާތު ކުރިން ގެޒެޓުކޮށްފައިވާ އިޢުލާނުhttps://www.gazette.gov.mv/iulaan/231910 އިން ލިބިވަޑައިގަންނަވާނެއެވެ.
02 އޭޕްރިލް 2023
ހޯދާ