ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS1/471/2023/110
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 09 އޭޕްރިލް 2023 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިލްޑިންގ ކޯޑު ކައުންސިލުގެ ސަބް-ކޮމިޓީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

މި މިނިސްޓަރީގެ ނަންބަރު  IUL) 471-CIDS1/471/2023/70)  (06 މާރިޗް 2023) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ސަބް-ކޮމިޓީތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ މުއްދަތު  2023 އޭޕްރިލް 09 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން ޝައުޤުވެރިކަން ހުރި ފަރާތްތަކުން [email protected] އީ-މެއިލަށް ތިރީގައިވާ މަޢުލޫމާތާއި ތަކެތި ފޮނުއްވައިދެއްވުން އެދެމެވެ.

1- މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު

2- މިދާއިރާއިން ލިބިފައިވާ ތަޢުލީމީ ސަނަދުގެ ކޮޕީ

3-  ހޯއްދަވާފައިވާ ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށްފައިވާ ވަނަވަރު

އިތުރު މަޢުލޫމާތު ކުރިން ގެޒެޓުކޮށްފައިވާ އިޢުލާނުhttps://www.gazette.gov.mv/iulaan/231910  އިން ލިބިވަޑައިގަންނަވާނެއެވެ.

02 އޭޕްރިލް 2023