ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ފުޓްބޯޅަ ދަނޑު ލެވެލްކޮށްދޭނެ ފަރާތެއް ހޯދުން

  • ރަތަފަންދޫ ފުޓްބޯޅަދަނޑު ލެވެލްކޮށްދޭނެ ފަރާތެއް ހޯދުން.

ގދ.ރަތަފަންދޫ ފުޓްބޯޅަދަނޑުގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީހިސާބު ތައްޔާރުކޮށް 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް

  1. ދަނޑުގައި މިހާރު ހެދިފައިވާ ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށް ކުނިބުނި އުކައިދިނުން .
  2. މުޅި ފުޓްބޯޅަދަނޑު އެއް ލެވެލަކަށް ލެވެލްކޮށްދިނުން
  3. މުޅިދަނޑަށް 6 އިންޗީގެ ބޯމިނަށް ފުރާނާފައިވާ ވެލިއަޅައި ބިން ހަރުކޮށްދިނުން (ދަނޑަށް ވެލި އެޅުމަށްޓަކައި ވެލި ނަގާނެ ސަރަޙައްދެއް ކަނޑައަޅާނީ ރަތަފަންދޫ ކައުންސިލުންނެވެ.)
  4. ފުޓްބޯޅަދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށްދިނުން .

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ
  2. ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތަށް

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ

10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ ޕްރޮފައިލްގައި ފާއިތުވެދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

މިއިދާރާއިން ކުރެވުނު ނަންބަރު: 420/2014/47 ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

13 ރަބީޢުލްއައްވަލް 1436

04 ޖަނަވަރީ 2015
ހޯދާ