ދިވެހިރާއްޖެ
- ރަތަފަންދޫ ފުޓްބޯޅަދަނޑު ލެވެލްކޮށްދޭނެ ފަރާތެއް ހޯދުން.
ގދ.ރަތަފަންދޫ ފުޓްބޯޅަދަނޑުގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީހިސާބު ތައްޔާރުކޮށް 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް
- ދަނޑުގައި މިހާރު ހެދިފައިވާ ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށް ކުނިބުނި އުކައިދިނުން .
- މުޅި ފުޓްބޯޅަދަނޑު އެއް ލެވެލަކަށް ލެވެލްކޮށްދިނުން
- މުޅިދަނޑަށް 6 އިންޗީގެ ބޯމިނަށް ފުރާނާފައިވާ ވެލިއަޅައި ބިން ހަރުކޮށްދިނުން (ދަނޑަށް ވެލި އެޅުމަށްޓަކައި ވެލި ނަގާނެ ސަރަޙައްދެއް ކަނޑައަޅާނީ ރަތަފަންދޫ ކައުންސިލުންނެވެ.)
- ފުޓްބޯޅަދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށްދިނުން .
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
އަގު |
70% |
|
މުއްދަތަށް |
20% |
|
ތަޖުރިބާ |
10% |
|
މިއިދާރާއިން ކުރެވުނު ނަންބަރު: 420/2014/47 ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
13 ރަބީޢުލްއައްވަލް 1436