ދިވެހިރާއްޖެ
އިޢުލާން
މަޤާމު: އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ
ރޭންކް: ޖީ.އެސް 4
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
އޮފީސް / އިދާރާ: ނ. ވެލިދޫ ކައުންސިލްގެ އިދާރާ
ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ނ. ވެލިދޫ ކައުންސިލްގެ އިދާރާ
މަޤާމުގެ ގިންތި: ވަގުތީ (މި މަޤާމަށް ހަމަޖައްސާ ވަގުތީ މުވައްޒަފް ގެންގުޅެވޭނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.)
މަޤާމުގެ މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ބޭނުންވާ އަދަދު: 1
މަޤާމުގެ ޝަރުޠުތައް:
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރަށު ކައުންސިލުން ނަގާ ލޯނުހިސާބުތައް ބެލެހެއްޓުން.
- ރަށުފެންވަރުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، އެކިފަރާތްތަކާއެކު ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
- ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
- ރައްޔިތުންގެ ބޭސްފިހާރަ (ދޯދާރި) ހިންގުން. (ބޭސް ގެނައުމާއި، އެންމެހައި ހިސާބުތައް ބެލެހެއްޓުން)
- ރަށުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދައި، އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.
- ކައުންސިލްގެ ނަމުގައި، ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަ ތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި، އިންވެސްޓްކުރުމާއި، މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމުގެ އެންމެހައި މަސައްކަތްކުރުން.
- ކައުންސިލުގެ ބެލުމުގެދަށުގައި ހުންނަ އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ޤަވާޢިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން، ރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
- ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.
- ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ރަށު ކައުންސިލްގެ ނަމުގައި ހުންނަ ފަޅުރަށްރަށާއި، ވެހިކަލްތަކާއި، ބިންބިމާއި، އިމާރާތްތަކާއި، އެފަދަ ތަންތަނާއި ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީދެއްކުމާއި، ކުއްޔަށްދޫކުރުމާ ބެހޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތު ހިންގުން.
- ރަށުގައި ހުރި އޮޑިދޯނިފަހަރާއި، ވެހިކަލާއި، ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
- ނ.ވެލިދޫ ކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގައިހުރި އެންމެހައި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުމާއި، މުސާރަ ހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުމާއި، ފައިސާ ހަވާލުކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- އިކޮނޮމިކްގެ ދާއިރާއިން ލިބިފައިވާ ހުނަރާއި ތަޖުރިބާ.
- ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މިންވަރު.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 ޖަނަވަރީމަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫ ކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
އުޖޫރައާއި ޢިނާޔަތްތައް:
ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮންނަ އުޞޫލާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލްކުރާނީ [email protected] އަށެވެ.
8 ރަބީޢުލްއައްޥަލް 1436