ވަޒީފާގެ ފުރުޞަތު
ނަންބަރު: (H)2014/ 143
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 11 ޖަނަވަރީ 2015 15:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

މަޤާމު: އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:   އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ: ނ. ވެލިދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ނ. ވެލިދޫ ކައުންސިލްގެ އިދާރާ  

މަޤާމުގެ ގިންތި: ވަގުތީ (މި މަޤާމަށް ހަމަޖައްސާ ވަގުތީ މުވައްޒަފް ގެންގުޅެވޭނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.)                

މަޤާމުގެ މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ބޭނުންވާ އަދަދު: 1   

މަޤާމުގެ ޝަރުޠުތައް: 

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

  2.  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރަށު ކައުންސިލުން ނަގާ ލޯނުހިސާބުތައް ބެލެހެއްޓުން.
  2. ރަށުފެންވަރުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، އެކިފަރާތްތަކާއެކު ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
  3. ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  4. ރައްޔިތުންގެ ބޭސްފިހާރަ (ދޯދާރި) ހިންގުން. (ބޭސް ގެނައުމާއި، އެންމެހައި ހިސާބުތައް ބެލެހެއްޓުން)
  5. ރަށުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދައި، އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.
  6. ކައުންސިލްގެ ނަމުގައި، ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަ ތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި، އިންވެސްޓްކުރުމާއި، މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމުގެ އެންމެހައި މަސައްކަތްކުރުން.
  7. ކައުންސިލުގެ ބެލުމުގެދަށުގައި ހުންނަ އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ޤަވާޢިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން.
  8. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން، ރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
  9. ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.
  10. ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީ ބެލެހެއްޓުން.
  11. ރަށު ކައުންސިލްގެ ނަމުގައި ހުންނަ ފަޅުރަށްރަށާއި، ވެހިކަލްތަކާއި، ބިންބިމާއި، އިމާރާތްތަކާއި، އެފަދަ ތަންތަނާއި ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީދެއްކުމާއި، ކުއްޔަށްދޫކުރުމާ ބެހޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތު ހިންގުން.
  12. ރަށުގައި ހުރި އޮޑިދޯނިފަހަރާއި، ވެހިކަލާއި، ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  13. ނ.ވެލިދޫ ކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގައިހުރި އެންމެހައި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  14. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުމާއި، މުސާރަ ހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުމާއި، ފައިސާ ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- އިކޮނޮމިކްގެ ދާއިރާއިން ލިބިފައިވާ ހުނަރާއި ތަޖުރިބާ.

- ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މިންވަރު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 ޖަނަވަރީމަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫ ކައުންސިލްގެ އިދާރާގައެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 އުޖޫރައާއި ޢިނާޔަތްތައް:

ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮންނަ އުޞޫލާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސް ކޮމިޝަނުން  ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލްކުރާނީ [email protected] އަށެވެ.        

8 ރަބީޢުލްއައްޥަލް 1436  

30 ޑިސެންބަރު 2014