މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިޑް ކޮމިޓީގެ ނިންމުން ޢާއްމުކުރުން- "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" އޮގަނައިޒްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" އޮގަނައިޒްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)330-B/330/2023/12 (07 މާރިޗު 2023) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ހަމައެކަނި ފަރާތަކީ "މިއީ ގުޅުމަކީ ސްޕޯރޓްސް ކްލަބް" ކަމަށްވާތީ އެ ފަރާތާ ޙަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ ބިޑް ކޮމެޓީގެ 2023 ވަނަ އަހަރުގެ 5 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑްސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑްސްޓިލް މުއްދަތު ތެރޭގައި:
- މި ނިންމުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން އެ ފަރާތާ ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
27 މާރިޗު 2023
ހޯދާ