ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2023/22
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 22:08
ސުންގަޑި: 02 އޭޕްރިލް 2023 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް ކޮމިޓީގެ ނިންމުން ޢާއްމުކުރުން- "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" އޮގަނައިޒްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން

"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" އޮގަނައިޒްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)330-B/330/2023/12  (07 މާރިޗު 2023) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ހަމައެކަނި ފަރާތަކީ "މިއީ ގުޅުމަކީ ސްޕޯރޓްސް ކްލަބް" ކަމަށްވާތީ އެ ފަރާތާ ޙަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީގެ 2023 ވަނަ އަހަރުގެ 5 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

      މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑްސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑްސްޓިލް މުއްދަތު ތެރޭގައި:

  • މި ނިންމުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން އެ ފަރާތާ ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

27 މާރިޗު 2023