ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 އޭޕްރީލް 1 އިން 4 އަށް މިއިން ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް, ސ.ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް : އޭ.ކޭ47، އެމް203، އާރު.ޕީ.ޖީ، 84 އެމްއެމް ކާލް ގުސްޓާވް
2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 4600 މީޓަރު
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރ
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5 .ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ.ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.