ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2023/17
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:23
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ސ.ގަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 އޭޕްރީލް 1 އިން 4 އަށް މިއިން ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް,  ސ.ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް :           އޭ.ކޭ47، އެމް203، އާރު.ޕީ.ޖީ، 84 އެމްއެމް ކާލް ގުސްޓާވް

2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:      4600 މީޓަރު

3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:     200 މީޓަރ

4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ.ލެވެލް

5 .ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:       ސ.ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު     

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

27 މާރިޗު 2023