ދިވެހިރާއްޖެ
އިޢުލާން
ފުޓްބޯޅަ މެދުވެރިކޮށް އަންހެންކުދިން ބާރުވެރިކުރުން
މި މިނިސްޓްރީއިން 16 މާރިޗު 2023 ގައި ޝާޢިރުކުރި ނަންބަރު: (IUL)141-MID/141/2023/163 އަށް އެކަށީގެންވާ ވަރަށް ކުރިމަތި ލައްވާފައިނުވާތީ، އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ޔޫ.އެސް މިޝަން މޯލްޑިވްސް އާއި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާރސް (އީ.ސީ.އޭ) އަދި އެފް.އެޗް.އައި360 އިން ގުޅުގެން އުމުރުން 15 – 18 އަހަރުގެ އަންހެންކުދިންނަށް، ޔޫ.އެސްއަށް ގެންގޮސްގެން ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ވަނީ ހުޅުވާލާފައެވެ. އަދި މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ، ފުޓްބޯޅަކުޅުމުގެ ހުނަރު ލިބިފައިހުރި (ޤައުމީ ފެންވަރުގައި އެއްވެސް ޓީމެއްގައި ކުޅެފައިނުވާ ކުއްޖެއް) އަންހެންކުދިންނެވެ. މީގެ މަގުސަދަކީ ފުޓްބޯޅަކުޅުމަށް ފުރުސަތުތަށް ތަނަވެސްވެފައިނުވާ، އަންހެންކުދިން ބާރުވެރިކުރުވުމެވެ. މިކުދިންނާއި އެކު ދިވެހިރާއްޖޭގެ އަންހެން ކޯޗެއްވެސް ދިޔުމަށްވަނީ ހަމަޖެހިފައެވެ. |
|
ބޭނުންވާ އަދަދު: |
05 ( އެކެއް ) |
ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
މި ތަމްރީން ޕްރޮގްރާމްއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ތަމްރީން ޕްރޮގްރާމްއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޔޫ.އެސް މިޝަން މޯލްޑިވްސް އިން އިންޓަވިއު ކުރުމަށްފަހުއެވެ. |
އެދެންވީގޮތާއި ސުންގަޑި: |
ތަމްރީނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 މާރިޗް 2023 ވަނަ ދުވަހު 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް، ވެލާނާގެ 3 ވަނަ ފަންގިފިލާއަށް ނުވަތަ އެޕްލިކޭޝަން ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ތަމްރީނު ޕްރޮގްރާމަށް ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތަކާއި ވީޑިއޯ ކްލިޕް އަދި އިންޓަވިއުއިން އެންމެ މަތިން ފާސްވާ ކުދިންނެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347300 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މީގެ އިތުރުން، މިޕްރޮގްރާމްއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ https://www.juliefoudyleadership.com/ މިސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ. |