ތަމްރީނު
ނަންބަރު: (IUL)141-MID/141/2023/170
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 27 މާރިޗު 2023 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ފުޓްބޯޅަ މެދުވެރިކޮށް އަންހެންކުދިން ބާރުވެރިކުރުން

                                   އިޢުލާން

ފުޓްބޯޅަ މެދުވެރިކޮށް އަންހެންކުދިން ބާރުވެރިކުރުން

      މި މިނިސްޓްރީއިން 16 މާރިޗު 2023 ގައި ޝާޢިރުކުރި ނަންބަރު: (IUL)141-MID/141/2023/163  އަށް އެކަށީގެންވާ ވަރަށް ކުރިމަތި ލައްވާފައިނުވާތީ، އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޔޫ.އެސް މިޝަން މޯލްޑިވްސް އާއި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާރސް (އީ.ސީ.އޭ) އަދި އެފް.އެޗް.އައި360 އިން ގުޅުގެން އުމުރުން 15 – 18 އަހަރުގެ އަންހެންކުދިންނަށް، ޔޫ.އެސްއަށް ގެންގޮސްގެން ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ވަނީ ހުޅުވާލާފައެވެ. އަދި މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ، ފުޓްބޯޅަކުޅުމުގެ ހުނަރު ލިބިފައިހުރި (ޤައުމީ ފެންވަރުގައި އެއްވެސް ޓީމެއްގައި ކުޅެފައިނުވާ ކުއްޖެއް) އަންހެންކުދިންނެވެ.

މީގެ މަގުސަދަކީ ފުޓްބޯޅަކުޅުމަށް ފުރުސަތުތަށް ތަނަވެސްވެފައިނުވާ، އަންހެންކުދިން ބާރުވެރިކުރުވުމެވެ.

މިކުދިންނާއި އެކު ދިވެހިރާއްޖޭގެ އަންހެން ކޯޗެއްވެސް ދިޔުމަށްވަނީ ހަމަޖެހިފައެވެ.

ބޭނުންވާ އަދަދު:

05 ( އެކެއް )

ޝަރުޠުތައް:

  1. އުމުރުން 15-18 އަހަރާ ދެމެދުގެ އަންހެންކުދިން
  2. ދިވެހި ރައްޔިތެއްކަމުގައިވުން
  3. މިހާރު ރާއްޖޭގައި ދިރިއުޅޭ ކުއްޖެއް ކަމުގައިވުން
  4. އިނގިރޭސި ބަހުން ރަގަޅަށް މުޢާމަލާތްކުރަން އެނގުން
  5. ފުޓްބޯޅަކުޅުމުގެ ހުނަރު ލިބިފައިވުން (ޤައުމީ ފެންވަރުގައި އެއްވެސް ޓީމެއްގައި ކުޅެފައިވާ ކުއްޖެއް ކަމުގައި ނުވުން)
  6. ކޯވިޑް-19 ގެ ވެކްސިންތައް ފުރިހަމަކޮށްފައިވުން
  7. ވީސާ އިންޓަވިއުއަށް ރާއްޖެއިން ސްރީލަންކާއަށް ދިޔުމަށް އިޢުތިރާޒެއް ނެތުން (އެޕްރީލް ނުވަތަ މެއި މަހު)
  8. ތަމްރީނު ޕްރޮގްރާމަށް ރާއްޖެއިން އެމެރިކާއަށް ދިޔުމަށް އިޢުތިރާޒެއް ނެތުން. (ޖޫން އަދި ޖުލައި މަހު)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓުގެ ވެބްސައިޓް އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތް ފުޓްބޯޅަ ކުޅެމުންދާއިރު، 5 މިނެޓްގެ ވީޑިއޯ ކްލިޕްއެއް ތައްޔާރުކޮށް ހުށަހެޅުން
  4. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަތާރަތަކީ 18 އަހަރުން ދަށުގެ ކުއްޖަކަށްވާތީ،   ބެލެނިވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަ ނުވާ) ދެފުށުގެ ލިޔުންތައް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  5. ކުރިމަތިލާ ފަރާތުގެ ބެލެނިވެރިއެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

މި ތަމްރީން ޕްރޮގްރާމްއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ތަމްރީން ޕްރޮގްރާމްއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޔޫ.އެސް މިޝަން މޯލްޑިވްސް އިން އިންޓަވިއު ކުރުމަށްފަހުއެވެ.

އެދެންވީގޮތާއި ސުންގަޑި:

ތަމްރީނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 މާރިޗް 2023 ވަނަ ދުވަހު 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް، ވެލާނާގެ 3 ވަނަ ފަންގިފިލާއަށް ނުވަތަ އެޕްލިކޭޝަން ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]   މެދުވެރިކޮށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ތަމްރީނު ޕްރޮގްރާމަށް ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތަކާއި ވީޑިއޯ ކްލިޕް އަދި އިންޓަވިއުއިން އެންމެ މަތިން ފާސްވާ ކުދިންނެވެ.   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347300 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

މީގެ އިތުރުން، މިޕްރޮގްރާމްއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ  https://www.juliefoudyleadership.com/ މިސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.

 

 

22 މާރިޗު 2023