މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު އިތުރުކުރުން

                ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތުގައި ބައިވެރިވުވުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު އިޢުލާން ނަންބަރު: (IUL)307/INDIV/2023/16 (07 މާރިޗު 2023) އަށް ބަދަލުގެނެވި މުއްދަތު އިތުރު ކުރެވިފައިވާތީ އަލުން އިޢުލާން ކުރީމެވެ.

                1444 ވަނަ އަހަރުގެ ސައްވާލް މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތުގައި ގޫރޫޕް މަދަހަ އަދި ވަކިން ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ވަނީ އަލުން ހުޅުވާލެވިފައެވެ.

                އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 10:00 ފެށިގެން 13:00 އަށް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ރައީސް އަޙްމަދު އަޒުމީނު (7981984) އަދި ކައުންސިލް މެންބަރު އާމިނަތު ސަމާހާ (7585958) އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

 

މުބާރާތުގެ އުމުރުފުރާތައް:

# އުމުރުފުރާ
1 6 އަހަރުން ދަށް
2 އަހަރުން ދަށް
3 12 އަހަރުން ދަށް
4 15 އަހަރުން ދަށް
5 18 އަހަރުން ދަށް
6 18 އަހަރުން މަތި

               މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މާރިޗު 2023
ހޯދާ