ދިވެހިރާއްޖެ
ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތުގައި ބައިވެރިވުވުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު އިޢުލާން ނަންބަރު: (IUL)307/INDIV/2023/16 (07 މާރިޗު 2023) އަށް ބަދަލުގެނެވި މުއްދަތު އިތުރު ކުރެވިފައިވާތީ އަލުން އިޢުލާން ކުރީމެވެ.
1444 ވަނަ އަހަރުގެ ސައްވާލް މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތުގައި ގޫރޫޕް މަދަހަ އަދި ވަކިން ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ވަނީ އަލުން ހުޅުވާލެވިފައެވެ.
އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 10:00 ފެށިގެން 13:00 އަށް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ރައީސް އަޙްމަދު އަޒުމީނު (7981984) އަދި ކައުންސިލް މެންބަރު އާމިނަތު ސަމާހާ (7585958) އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.
މުބާރާތުގެ އުމުރުފުރާތައް:
# | އުމުރުފުރާ |
1 | 6 އަހަރުން ދަށް |
2 | 9 އަހަރުން ދަށް |
3 | 12 އަހަރުން ދަށް |
4 | 15 އަހަރުން ދަށް |
5 | 18 އަހަރުން ދަށް |
6 | 18 އަހަރުން މަތި |
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.