މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

ސީނިއަރ ސުޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 4 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

256418

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

އާންމު ޚިދުމަތްތަކާބެހޭ ބައި- ހާބަރ ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/5020ރ

ސަރވިސް އެލަވަންސް: -/1500 ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސެކްޝަނުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން އެކަންކަން ރާވާ އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  2. ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަނެ ދުވަހުން ދުވަހަށް ވެރިޔާގެ އަރިހަށް ގެންދިއުން.
  3. އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ އެފަރާތްތަކާއި ޙަވާލުކުރުން.
  4. ކޮންމެ މަހަކު ސެކްޝަންގެ މުވައްޒަފުންގެ އޯވަރޓައިމްއާއި އެލަވަންސްތައް ޗެކްކޮށް ކަނޑައެޅިފައިވާ ދުވަހަށް މުސާރަޝީޓްތައް ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުން.
  5. މުވައްޒަފުންގެ މެދުގައި ދިމާވާ މައްސަލަތައް ބަލާ ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެފަދަ މައްސަލަތައް ޙައްލުކުރުން.
  6. މާލެއާއި، ވިލިނގިލީގެ ފަޅުތެރޭގައިއާއި، ޓީޖެޓީ ސަރަޙައްދުގައި ކުއްލިއަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެވަގުތުތަކުގައި އެތަންތަނަށްގޮސް ޙައްލު ނުވާ މައްސަލަތައް  މޯލްޑިވްސް ޕޮލިސް ސަރވިސަސް މެދުވެރިކޮށް އެފަދަ މައްސަލަތައް ޙައްލުކުރުން.
  7. ޓީޖެޓީއާއި ފަޅުތެރޭގެ އެހެނިހެން ސަރަޙައްދުތައް ބެލެހެއްޓުމަށް 24 ގަޑިއިރު އޮންނަ ޑިއުޓީތައް ސުޕަވައިޒްކުރުމާއި، ޑިއުޓީއަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަން ޙައްލުކުރުން.
  8. ކޮންމެ މަހަކު ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ޑިއުޓީ ޓޭބަލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަސްނިމުމުގެ ކުރިން ޓޭބަލްތައްޔާރުކޮށް ޑިއުޓީކުރާ ފަރާތްތަކަށް ޙަވާލުކުރުން.
  9. ކޮންމެ ޑިއުޓީއެއް ނިމުމުން އެޑިއުޓީއެއްގައި ކުރެވިފައިހުރި މަސައްކަތްތަކުގެ ރިޕޯޓްތައް ޑިއުޓީ މުވައްޒަފުންލައްވާ ހެއްދުމާއި ރެކޯޑް ނެގުން.
  10. ޖެޓީ ކައުންޓަރަށް ލިބޭފައިސާ ޤަވައިދުން ބަލައިގަނެފައިވޭތޯ ބެލުމާއި ކޭޝިއަރުން ލައްވާ ދުވަހުން ދުވަހަށް ހަދަންޖެހޭ ރިޕޯޓްތައް ހައްދާ ހެޑްއޮފީހުގެ ކައުންޓަރަށް ގެންނަ ފައިސާގެ ރެކޯޑް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340  އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން.
  2. އެ މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން
  3. އިންޓަރވިއު.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚް

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 ޖަނަވަރީ މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

08 ރަބީޢުއްއައްވަލް 1436

30 ޑިސެންބަރު 2014
ހޯދާ