ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
ސީނިއަރ ސުޕަވައިޒަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް 4 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ބޭނުންވާ އަދަދު
|
01
|
މަޤާމު ނަންބަރު
|
256418
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
އާންމު ޚިދުމަތްތަކާބެހޭ ބައި- ހާބަރ ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ: -/5020ރ
ސަރވިސް އެލަވަންސް: -/1500 ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސެކްޝަނުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން އެކަންކަން ރާވާ އެހެން މުވައްޒަފުން ލައްވާ ކުރުވުން.
- ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަނެ ދުވަހުން ދުވަހަށް ވެރިޔާގެ އަރިހަށް ގެންދިއުން.
- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ އެފަރާތްތަކާއި ޙަވާލުކުރުން.
- ކޮންމެ މަހަކު ސެކްޝަންގެ މުވައްޒަފުންގެ އޯވަރޓައިމްއާއި އެލަވަންސްތައް ޗެކްކޮށް ކަނޑައެޅިފައިވާ ދުވަހަށް މުސާރަޝީޓްތައް ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުން.
- މުވައްޒަފުންގެ މެދުގައި ދިމާވާ މައްސަލަތައް ބަލާ ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެފަދަ މައްސަލަތައް ޙައްލުކުރުން.
- މާލެއާއި، ވިލިނގިލީގެ ފަޅުތެރޭގައިއާއި، ޓީޖެޓީ ސަރަޙައްދުގައި ކުއްލިއަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެވަގުތުތަކުގައި އެތަންތަނަށްގޮސް ޙައްލު ނުވާ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސަސް މެދުވެރިކޮށް އެފަދަ މައްސަލަތައް ޙައްލުކުރުން.
- ޓީޖެޓީއާއި ފަޅުތެރޭގެ އެހެނިހެން ސަރަޙައްދުތައް ބެލެހެއްޓުމަށް 24 ގަޑިއިރު އޮންނަ ޑިއުޓީތައް ސުޕަވައިޒްކުރުމާއި، ޑިއުޓީއަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަން ޙައްލުކުރުން.
- ކޮންމެ މަހަކު ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ޑިއުޓީ ޓޭބަލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަސްނިމުމުގެ ކުރިން ޓޭބަލްތައްޔާރުކޮށް ޑިއުޓީކުރާ ފަރާތްތަކަށް ޙަވާލުކުރުން.
- ކޮންމެ ޑިއުޓީއެއް ނިމުމުން އެޑިއުޓީއެއްގައި ކުރެވިފައިހުރި މަސައްކަތްތަކުގެ ރިޕޯޓްތައް ޑިއުޓީ މުވައްޒަފުންލައްވާ ހެއްދުމާއި ރެކޯޑް ނެގުން.
- ޖެޓީ ކައުންޓަރަށް ލިބޭފައިސާ ޤަވައިދުން ބަލައިގަނެފައިވޭތޯ ބެލުމާއި ކޭޝިއަރުން ލައްވާ ދުވަހުން ދުވަހަށް ހަދަންޖެހޭ ރިޕޯޓްތައް ހައްދާ ހެޑްއޮފީހުގެ ކައުންޓަރަށް ގެންނަ ފައިސާގެ ރެކޯޑް ބެލެހެއްޓުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- އެ މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން
- އިންޓަރވިއު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚް
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 ޖަނަވަރީ މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
08 ރަބީޢުއްއައްވަލް 1436
|