މަޤާމު
|
ޑްރައިވަރ
|
ބޭނުންވާ އަދަދު
|
02
|
މާޤާމްގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް2
|
ރޭންކް: އެސް.އެސް.2
|
މުސާރަ
|
މަހަކު -/3,470 ރުފިޔާ
|
ސާރވިސް އެލަވަންސް
|
މަހަކު -/1,000 ރުފިޔާ
|
އިނާޔާތްތައް
|
ކުންފުނީގެ ގަވާއިދުގައި މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.
|
ސެކްޝަން/ޔުނިޓް/ތަން
|
ކައްދޫ އެއަރޕޯޓް އޮފީސް/ ކައްދޫ އެއަރޕޯޓް، ލ.ކައްދޫ
|
މަޤާމުގެ މަސްއޫލިއްޔަތު
|
އެއަރ ސައިޑްގަ އާއި މަތިންދާބޯޓުކައިރީގައި ވެހިކަލް ދުއްވުމުގެ މަސައްކަތްކުރުން.
|
މަޤާމްގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ.
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ.
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެއަރ ސައިޑްގައާއި މަތިންދާބޯޓުކައިރީގައި ވެހިކަލް ދުއްވުމުގެ މަސައްކަތްކުރުން.
- ރަށުތެރެއާއި ރަންވޭ ސޯލްޑަރ ވިނަކޮށުމުގެ މަސައްކަތްކުރުން.
- އެއަޕޯޓްގެ އެކިސަރަހައްދުތަކުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި، ރަށުތެރޭގެ އެކިސަރަޙައްދު ތަކުގައި ހުންނަ ޑަސްބިން އުކުމުގެ މަސައްކަތް ކުރުން.
- މިނިސްޓަރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމުގެ ގަވައިދަށް ވެހިކަލް ދުއްވުން.
- ވެހިކަލް ސްޓާޓް ކުރުމުގެ ކުރިން އަޑީތެޔޮ އަދި ފެންހުރިތޯ ބަލައި ޗެކްކްރުމާއި، ވެހިކަލަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ސެކްޝަން ހަވާލުވެ ހުންނަވާ މީހަކަށް އެންގުން.
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ކުންފުނީގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތުގެ ދާއިރާއާއި ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
|
ސުންގަޑި
|
07 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 15:00 އަށް.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ފެކްސް ނަންބަރަކީ 7919821 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދު އަށެވެ.
ނޯޓު: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|