ވަޒީފާގެ ފުރުޞަތު
ނަންބަރު: KACL/IULAAN/2014/0015
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 07 ޑިސެންބަރު 2014 15:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމު

ޑްރައިވަރ

ބޭނުންވާ އަދަދު

02

މާޤާމްގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް2

ރޭންކް: އެސް.އެސް.2

މުސާރަ

މަހަކު -/3,470 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ކައްދޫ އެއަރޕޯޓް އޮފީސް/ ކައްދޫ އެއަރޕޯޓް، ލ.ކައްދޫ

މަޤާމުގެ މަސްއޫލިއްޔަތު

އެއަރ ސައިޑްގަ އާއި މަތިންދާބޯޓުކައިރީގައި ވެހިކަލް ދުއްވުމުގެ މަސައްކަތްކުރުން.

މަޤާމްގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ.
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ.
  3. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަރ ސައިޑްގައާއި މަތިންދާބޯޓުކައިރީގައި ވެހިކަލް ދުއްވުމުގެ މަސައްކަތްކުރުން.
  2. ރަށުތެރެއާއި ރަންވޭ ސޯލްޑަރ ވިނަކޮށުމުގެ މަސައްކަތްކުރުން.
  3. އެއަޕޯޓްގެ އެކިސަރަހައްދުތަކުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި، ރަށުތެރޭގެ އެކިސަރަޙައްދު ތަކުގައި ހުންނަ ޑަސްބިން އުކުމުގެ މަސައްކަތް ކުރުން.
  4. މިނިސްޓަރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމުގެ ގަވައިދަށް ވެހިކަލް ދުއްވުން.
  5. ވެހިކަލް ސްޓާޓް ކުރުމުގެ ކުރިން އަޑީތެޔޮ އަދި ފެންހުރިތޯ ބަލައި ޗެކްކްރުމާއި، ވެހިކަލަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ސެކްޝަން ހަވާލުވެ ހުންނަވާ މީހަކަށް އެންގުން.
  6. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ކުންފުނީގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތުގެ ދާއިރާއާއި ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

07 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 15:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ފެކްސް ނަންބަރަކީ 7919821 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދު އަށެވެ.

ނޯޓު: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

30 ޑިސެންބަރު 2014