މަޤާމު:
|
ސޮފްޓްވެއަރ އިންޖިނިއަރ
|
މަސައްކަތްކުރަންޖެހޭ ތަން:
|
ކޯޕަރޭޓް ސަރވިސަސް / ސިވިލް ސަރވިސް ކޮމިޝަން
|
މުސާރަ:
|
މި މަޤާމަށް ހޮވޭ ފަރާތަކަށް މާކެޓް ރޭޓާ އެއްވަރުގެ އުޖޫރައެއް ހަމަޖައްސައިދެވޭނެއެވެ. އަދި މަޤާމަށް ހޮވޭ ފަރާތެއްގެ ޤާބިލުކަންހުރި މިންވަރަކުން އެފަރާތެއްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމާމެދު ނެގޯޝިއޭޓް ކުރެވިދާނެއެވެ.
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމާއި ތަޖުރިބާ:
|
- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- މަސައްކަތުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެޕްލިކޭޝަން އަދި ޑޭޓާބޭސްގައި ޞައްޙަ މަޢުލޫމާތު ދެމެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތައް ކަމަށްވާ ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އިސް މުވައްޒަފުންގެ ލަފާއާއި އިރުޝާދުގެ މަތިން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނައުން.
- ސިވިލް ސަރވިސްގެ ގަވާއިދު ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނެސް ޓެސްޓްކުރުން.
- އެޕްލިކޭޝަނާއި ޑޭޓާބޭސް ޑިސެންޓްރަލައިޒްކުރުމަށް ކުރެވޭ މަސައްކަތް ބެލެހެއްޓުން.
- ކޮމިޝަނުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެހެނިހެން ސޮފްޓްވެއަރ އެޕްލިކޭޝަންތަކުގެ މަސައްކަތް ކުރުން.
- ކޮމިޝަނުގެ އެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ފަރުމާކުރުން.
- މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރތަކުގެ ޑިޒައިން އަދި ސްޓްރަކްޗަރ އެންމެ އެކަށީގެންވާ މިންވަރަށް ދެނެގަތުމުގެ މަސައްކަތް ކުރުން.
- ސިސްޓަމް ފަރުމާކޮށް ޓެސްޓްކޮށް، އެކި ސްޓޭޖްތަކުގައި ސިސްޓަމް ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވޭވަރުގެ ޤާބިލުކަން ހުރުން.
- ސަރުކާރުގެ މަސްއޫލު އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކުން ސިވިލް ސަރވިސްއާ ބެހޭގޮތުން ބޭނުންވާ ތަފާތު ބާވަތްތަކުގެ ތަފާސްހިސާބު ނެގުން.
|
މަޤާމަށް މީހަކު ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:
|
- PHP، ASP.NET، VB.NET، C#، ފަދަ ލޭންގްއޭޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންސް ފަރުމާކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ހުރުން.
- MSSQL Server، އަދި MySQL ފަދަ ޑޭޓާބޭސް ބޭނުންކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- AJAX ޓެކްނޯލޮޖީ ފަދަ އާލާތްތައް ބޭނުންކޮށް މޮޑިއުލަރ ބޭސްޑް ޕްރޮގްރާމިންގ ކުރުމުގެ ތަޖުރިބާ ހުރުން.
- T-SQL ބޭނުންކޮށްގެން ޑޭޓާބޭސް ކްއެރީ ކުރުމުގެ ތަޖުރިބާ ހުރުން.
- ގްރެފިކް ޑިޒައިން ކުރުމާއި ޔޫޒަރ އިންޓަރފޭސް ފަރުމާކުރުމުގެ ހުނަރު ލިބިފައިވުން.
|
ވަޒީފާއަށް ކުރިމަތިލުން:
|
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު މި ކޮމިޝަނަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރީޢާއިން 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނަށް އަންގަވައި ދެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ސާފުކުރުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
07 ރަބީޢުލްޢައްވަލް 1436
|