ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2014/101
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 12 ޖަނަވަރީ 2015 15:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސޮފްޓްވެއަރ އިންޖިނިއަރ

މަޤާމު:

ސޮފްޓްވެއަރ އިންޖިނިއަރ

މަސައްކަތްކުރަންޖެހޭ ތަން:

ކޯޕަރޭޓް ސަރވިސަސް / ސިވިލް ސަރވިސް ކޮމިޝަން

މުސާރަ:

މި މަޤާމަށް ހޮވޭ ފަރާތަކަށް މާކެޓް ރޭޓާ އެއްވަރުގެ އުޖޫރައެއް ހަމަޖައްސައިދެވޭނެއެވެ. އަދި މަޤާމަށް ހޮވޭ ފަރާތެއްގެ ޤާބިލުކަންހުރި މިންވަރަކުން އެފަރާތެއްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމާމެދު ނެގޯޝިއޭޓް ކުރެވިދާނެއެވެ.

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  2. މަސައްކަތުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެޕްލިކޭޝަން އަދި ޑޭޓާބޭސްގައި ޞައްޙަ މަޢުލޫމާތު ދެމެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތައް ކަމަށްވާ ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އިސް މުވައްޒަފުންގެ ލަފާއާއި އިރުޝާދުގެ މަތިން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނައުން.
  3. ސިވިލް ސަރވިސްގެ ގަވާއިދު ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނެސް ޓެސްޓްކުރުން.
  4. އެޕްލިކޭޝަނާއި ޑޭޓާބޭސް ޑިސެންޓްރަލައިޒްކުރުމަށް ކުރެވޭ މަސައްކަތް ބެލެހެއްޓުން.
  5. ކޮމިޝަނުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެހެނިހެން ސޮފްޓްވެއަރ އެޕްލިކޭޝަންތަކުގެ މަސައްކަތް ކުރުން.
  6. ކޮމިޝަނުގެ އެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ފަރުމާކުރުން.
  7. މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރތަކުގެ ޑިޒައިން އަދި ސްޓްރަކްޗަރ އެންމެ އެކަށީގެންވާ މިންވަރަށް ދެނެގަތުމުގެ މަސައްކަތް ކުރުން.
  8. ސިސްޓަމް ފަރުމާކޮށް ޓެސްޓްކޮށް، އެކި ސްޓޭޖްތަކުގައި ސިސްޓަމް ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވޭވަރުގެ ޤާބިލުކަން ހުރުން.
  9. ސަރުކާރުގެ މަސްއޫލު އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކުން ސިވިލް ސަރވިސްއާ ބެހޭގޮތުން ބޭނުންވާ ތަފާތު ބާވަތްތަކުގެ ތަފާސްހިސާބު ނެގުން.

މަޤާމަށް މީހަކު ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:

  1. PHP، ASP.NET، VB.NET، C#، ފަދަ ލޭންގްއޭޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންސް ފަރުމާކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ހުރުން.
  2. MSSQL Server، އަދި MySQL ފަދަ ޑޭޓާބޭސް ބޭނުންކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. AJAX ޓެކްނޯލޮޖީ ފަދަ އާލާތްތައް ބޭނުންކޮށް މޮޑިއުލަރ ބޭސްޑް ޕްރޮގްރާމިންގ ކުރުމުގެ ތަޖުރިބާ ހުރުން.
  4. T-SQL ބޭނުންކޮށްގެން ޑޭޓާބޭސް ކްއެރީ ކުރުމުގެ ތަޖުރިބާ ހުރުން.
  5. ގްރެފިކް ޑިޒައިން ކުރުމާއި ޔޫޒަރ އިންޓަރފޭސް ފަރުމާކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާއަށް ކުރިމަތިލުން:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު މި ކޮމިޝަނަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރީޢާއިން 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނަށް އަންގަވައި ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

07 ރަބީޢުލްޢައްވަލް 1436

29 ޑިސެންބަރު 2014