ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް / ލީގަލް ޑިޕާޓްމަންޓް

ވަޒީފާގެ ފުރުސަތު

ތާރީޚް

28 ޝަޢުބާން 1444

20 މާރިޗު 2023

ނަންބަރު

IUL)-179-3.3/1/2023/14)

މަޤާމް:

ލީގަލް އެސިސްޓެންޓް / ލީގަލް ޑިޕާޓްމަންޓް

ކްލެސިފިކޭޝަން

ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ބާވަތް

ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މުސާރަ އާއި އެލަވަންސް

-/17,500 ރުފިޔާ އާއި -/19,500 އާ ދެމެދު

ޑެއިލީ އެލަވަންސް

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

އތުރުގަޑީގެ ފައިސާ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ޝަރުތު

-  ލީގަލް ދާއިރާއިން މާސްޓަރސް ޙާސިލުކޮށްފައިވުމާއެކު ދިވެހިރާއްޖޭގައި ވަކީލެއްގެ ގޮތުގައި މަސއްކަތްކުރުމުގެ ހުއްދަ ލިބިފައި އޮތުން ނުވަތަ

-  ލީގަލް ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި އަދި ދިވެހިރާއްޖޭގައި ވަކީލެއްގެ ގޮތުގައި މަސއްކަތްކުރުމުގެ ހުއްދަ ލިބިފައި އޮތުން  

މައިގަނޑު މަސައްކަތާއި

ޒިންމާތައް

-   ލީގަލް ޑިޕާޓްމަންޓުން ކުރުމަށް ކަނޑައަޅާފައި ހުރި ކަންކަން ކުރުމުގައާއި  މަސްއޫލިއްޔަތުތަކާއި އެއްގޮތްވާގޮތަށް އެ މަސައްކަތްތައް ކުރެވެމުންދާކަން ކަށަވަރު ކުރުމުގައި، އޮތޯރިޓީ ލީގަލް ކޮންސަލްޓަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

-  ސީ.އެމް.ޑީ.އޭ އާ ގުޅުން ހުރި އެކިއެކި ޤާނޫނީ މަސައްކަތްތަކުގައި، ޕްރޮފެޝަނަލް އަދި ކްރެޑިބްލް ޤާނޫނީ އެނަލިސިސް އާއި ލަފާގެ އިތުރުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 

-  ސީ.އެމް.ޑީ.އޭ މަސައްކަތްތަކާ ގުޅުން ހުރި ޤާނޫނުތަކާއި ގަވާއިދުތައް އެނަލައިޒްކުރުން

-  ލީގަލް ޕްރޮސީޑިންގތަކުގައި، ސީ.އެމް.ޑީ.އޭ ތަމްސީލުކޮށްދިނުން އަދި/ނުވަތަ އެފަދަ ތަމްސީލުކޮށްދިނުންތައް ސުޕަރވައިޒްކުރުން

-  ލީގަލް ކޮންސަލްޓަންޓްގެ ލަފާގެ މަތިން، ދާއިމީ ގޮތެއްގައި ޤާނޫނާއި ގަވާއިދުތައް މުރާޖަޢާ  ކުރުމާއި ކޮންމެހެން އެއަށް ޢަމަލުކުރުން ބޭނުންތެރިކަމުގައި ފެންނަ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމާ މެދު ލަފާދިނުން.

-  ލީގަލް ޑޮކިއުމަންޓްތައް ދިވެހި/ އިނގިރޭސި ބަހަށް ތަރުޖަމާކުރުން

-  ކޮމްޕްލެކްސް ޤާނޫނީ މައްސަލަތަކާއި ގުޅިގެން، އޮތޯރިޓީއާއެކު މަސައްކަތް ކުރާ ބޭރުގެ ލީގަލް ކައުންސެލުންނާއެކު މުޢާމަލާތުކޮށް އަދި މަސައްކަތްކުރުމާއި، ބޭރުގެ ލޯ ފަރމްތަކަށް ހަވާލުކުރެވިގެން ކުރެވޭ މަސައްކަތްތައް ކޯޑިނޭޓްކުރުމާއި ސުޕަވައިޒްކުރުން.

-   ޤާނޫނީ މައްސަލަތައް ދިމާވެދާނެކަމަށް ބަލައިގެން އެ ކަމަށް ސަމާލުވެ ހުރުމާއެކު، އެފަދަ މައްސަލަތައް ފާހަގަކުރުމާއެކު، އެ ފަދަ މައްސަލަތަކާ މެދު ޤާނޫނީ ސްޓްރެޓެޖީސް އެކުލަވާލުމާއި ޙައްލު ހޯދުން.

-  ޤާނޫނާއި ގަވާއިދުތަކުގެ ދާއިރާއިން، ސީ.އެމް.ޑީ.އޭ އިން ޢަމަލުކުރުން ލާޒިމުކޮށްފައިވާ ކަންކަން އެ ފަދައިން ކުރެވެމުންދާކަން ކަށަވަރުކޮށް އެކަންކަން ހަރުދަނާ ގޮތެއްގައި އިދާރީ ގޮތުން ހިންގައި ބެލެހެއްޓުމުގައި ލީގަލް ކޮންސަލްޓަންޓަށް އެހީތެރިވުން.

-  ޤާނޫނުތަކާއި ގަވާއިދުތައް އަދި ކޯޑުތަކުގެ ދަށުން (ސީ.އެމް.ޑީ.އޭ އިން) ތަބާވެ ކުރާ ކަންކަންމުގެ ރެކޯޑްތައް މޮނިޓަރކުރުމާ އެކު އެކަންކަން މެނޭޖްކުރުން.

-   މި ނޫން ވެސް ޑިޕާޓްމަންޓުގެ/މި އޮފީހުގެ ކަންކަމުގެ ތެރެއިން ލީގަލް ކޮންސަލްޓަންޓް ނުވަތަ ސީ.އީ.އޯ ޙަވާލުކުރާ  މަސައްކަތްތައް ކުރުން. 

 

ޕޮއިންޓް ދޭނެ މިންގަނޑުތައް

-       ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ  (%20) 

-       ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ  ()

-       ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ  (%45)

-       ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ  (%20)

އެޕްލިކޭޝަން ސުންގަޑި

-       29 މާރިޗު 2023ގެ 11:00 ގެކުރިން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-       އެޕްލިކޭޝަން ފޯމު

-       ކަރިކިއުލަމް ވިޓާ (ސީވީ)

-       ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

-       މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން

-       ޕޮލިސް ރިޕޯޓް

އިތުރު މަޢުލޫމާތު

-       މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-       މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.

-       މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އެޕްލިކޭޝަން ހުށަހެޅުން

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

20 މާރިޗު 2023
ހޯދާ