ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު |
ތާރީޚް |
28 ޝަޢުބާން 1444 20 މާރިޗު 2023 |
|
ނަންބަރު |
IUL)-179-3.3/1/2023/14) |
||
މަޤާމް: |
ލީގަލް އެސިސްޓެންޓް / ލީގަލް ޑިޕާޓްމަންޓް |
||
ކްލެސިފިކޭޝަން |
ޑެޕިއުޓީ މެނޭޖަރ |
||
ވަޒީފާގެ ބާވަތް |
ދާއިމީ |
||
މަސައްކަތް ކުރަންޖެހޭ ތަން |
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ |
||
މުސާރަ އާއި އެލަވަންސް |
-/17,500 ރުފިޔާ އާއި -/19,500 އާ ދެމެދު |
||
ޑެއިލީ އެލަވަންސް |
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ |
||
އތުރުގަޑީގެ ފައިސާ |
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ބޭނުންވާ އަދަދު |
01 (އެކެއް) |
||
މަޤާމުގެ ޝަރުތު |
- ލީގަލް ދާއިރާއިން މާސްޓަރސް ޙާސިލުކޮށްފައިވުމާއެކު ދިވެހިރާއްޖޭގައި ވަކީލެއްގެ ގޮތުގައި މަސއްކަތްކުރުމުގެ ހުއްދަ ލިބިފައި އޮތުން ނުވަތަ - ލީގަލް ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި އަދި ދިވެހިރާއްޖޭގައި ވަކީލެއްގެ ގޮތުގައި މަސއްކަތްކުރުމުގެ ހުއްދަ ލިބިފައި އޮތުން |
||
މައިގަނޑު މަސައްކަތާއި ޒިންމާތައް |
- ލީގަލް ޑިޕާޓްމަންޓުން ކުރުމަށް ކަނޑައަޅާފައި ހުރި ކަންކަން ކުރުމުގައާއި މަސްއޫލިއްޔަތުތަކާއި އެއްގޮތްވާގޮތަށް އެ މަސައްކަތްތައް ކުރެވެމުންދާކަން ކަށަވަރު ކުރުމުގައި، އޮތޯރިޓީ ލީގަލް ކޮންސަލްޓަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. - ސީ.އެމް.ޑީ.އޭ އާ ގުޅުން ހުރި އެކިއެކި ޤާނޫނީ މަސައްކަތްތަކުގައި، ޕްރޮފެޝަނަލް އަދި ކްރެޑިބްލް ޤާނޫނީ އެނަލިސިސް އާއި ލަފާގެ އިތުރުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. - ސީ.އެމް.ޑީ.އޭ މަސައްކަތްތަކާ ގުޅުން ހުރި ޤާނޫނުތަކާއި ގަވާއިދުތައް އެނަލައިޒްކުރުން - ލީގަލް ޕްރޮސީޑިންގތަކުގައި، ސީ.އެމް.ޑީ.އޭ ތަމްސީލުކޮށްދިނުން އަދި/ނުވަތަ އެފަދަ ތަމްސީލުކޮށްދިނުންތައް ސުޕަރވައިޒްކުރުން - ލީގަލް ކޮންސަލްޓަންޓްގެ ލަފާގެ މަތިން، ދާއިމީ ގޮތެއްގައި ޤާނޫނާއި ގަވާއިދުތައް މުރާޖަޢާ ކުރުމާއި ކޮންމެހެން އެއަށް ޢަމަލުކުރުން ބޭނުންތެރިކަމުގައި ފެންނަ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމާ މެދު ލަފާދިނުން. - ލީގަލް ޑޮކިއުމަންޓްތައް ދިވެހި/ އިނގިރޭސި ބަހަށް ތަރުޖަމާކުރުން - ކޮމްޕްލެކްސް ޤާނޫނީ މައްސަލަތަކާއި ގުޅިގެން، އޮތޯރިޓީއާއެކު މަސައްކަތް ކުރާ ބޭރުގެ ލީގަލް ކައުންސެލުންނާއެކު މުޢާމަލާތުކޮށް އަދި މަސައްކަތްކުރުމާއި، ބޭރުގެ ލޯ ފަރމްތަކަށް ހަވާލުކުރެވިގެން ކުރެވޭ މަސައްކަތްތައް ކޯޑިނޭޓްކުރުމާއި ސުޕަވައިޒްކުރުން. - ޤާނޫނީ މައްސަލަތައް ދިމާވެދާނެކަމަށް ބަލައިގެން އެ ކަމަށް ސަމާލުވެ ހުރުމާއެކު، އެފަދަ މައްސަލަތައް ފާހަގަކުރުމާއެކު، އެ ފަދަ މައްސަލަތަކާ މެދު ޤާނޫނީ ސްޓްރެޓެޖީސް އެކުލަވާލުމާއި ޙައްލު ހޯދުން. - ޤާނޫނާއި ގަވާއިދުތަކުގެ ދާއިރާއިން، ސީ.އެމް.ޑީ.އޭ އިން ޢަމަލުކުރުން ލާޒިމުކޮށްފައިވާ ކަންކަން އެ ފަދައިން ކުރެވެމުންދާކަން ކަށަވަރުކޮށް އެކަންކަން ހަރުދަނާ ގޮތެއްގައި އިދާރީ ގޮތުން ހިންގައި ބެލެހެއްޓުމުގައި ލީގަލް ކޮންސަލްޓަންޓަށް އެހީތެރިވުން. - ޤާނޫނުތަކާއި ގަވާއިދުތައް އަދި ކޯޑުތަކުގެ ދަށުން (ސީ.އެމް.ޑީ.އޭ އިން) ތަބާވެ ކުރާ ކަންކަންމުގެ ރެކޯޑްތައް މޮނިޓަރކުރުމާ އެކު އެކަންކަން މެނޭޖްކުރުން. - މި ނޫން ވެސް ޑިޕާޓްމަންޓުގެ/މި އޮފީހުގެ ކަންކަމުގެ ތެރެއިން ލީގަލް ކޮންސަލްޓަންޓް ނުވަތަ ސީ.އީ.އޯ ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
||
ޕޮއިންޓް ދޭނެ މިންގަނޑުތައް |
- ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ (%20) - ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ () - ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ (%45) - ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ (%20) |
||
އެޕްލިކޭޝަން ސުންގަޑި |
- 29 މާރިޗު 2023ގެ 11:00 ގެކުރިން |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކަރިކިއުލަމް ވިޓާ (ސީވީ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ - މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން - ޕޮލިސް ރިޕޯޓް |
||
އިތުރު މަޢުލޫމާތު |
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ. - މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
||
އެޕްލިކޭޝަން ހުށަހެޅުން |
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ. ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|