ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ޓާރފް ގަތުމަށް

މިސްކޫލްގެ ކޮމްޕައުންޑްގައި އަޅާފައިވާ ޓަރފް ބަދަލުކުރުމަށްޓަކައި އައު ޓަރފް ގަތުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  ބޭނުންވާ ފަރާތްތަކަށް 16 މާރޗް 2023 އިން  22 މާރޗް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ޓަރފް ބަދަލުކުރުމަށް ބޭނުންވާ ސަރަހައްދުގެ ބޮޑުމިނަކީ 11016 (އެގާރަހާސް ސޯޅަ) އަކަފޫޓެވެ.  
  • ބިޑް ކާމިޔާބުކުރާ ފަރާތުން ސްކޫލަށް ޓަރފް ޑެލިވަރީ ކުރުމަށް ހިނގާ ޚަރަދާއި މަސައްކަތްކުރާނޭ މީހުން ހަމަޖައްސަންވާނީ އެފަރާތަކުންނެވެ.
  • މިޓަރފަކީ ބްރޭންޑް ނިއު، ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު ކުޅުމަށް ބޭނުންކުރާ ތަނަކަށް އެކަށީގެންވާ ޓަރފެއްކަމުގައި ވާންވާނެއެވެ.
  • ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/r1w1Nh2cMnD5MrtaA
    • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 މާރޗް 2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
    • ބިޑް ހުޅުވުން އޮންނާނީ 26މާރޗް 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
    • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

             ޢިމާދުއްދީން ސްކޫލް

      ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

      ފޯން: , 33157633315759

      އީމެއިލް: [email protected]  

16 މާރިޗު 2023
ހޯދާ