ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)IM/1/2023/21
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:45
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓާރފް ގަތުމަށް
މިސްކޫލްގެ ކޮމްޕައުންޑްގައި އަޅާފައިވާ ޓަރފް ބަދަލުކުރުމަށްޓަކައި އައު ޓަރފް ގަތުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް 16 މާރޗް 2023 އިން 22 މާރޗް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ޓަރފް ބަދަލުކުރުމަށް ބޭނުންވާ ސަރަހައްދުގެ ބޮޑުމިނަކީ 11016 (އެގާރަހާސް ސޯޅަ) އަކަފޫޓެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ސްކޫލަށް ޓަރފް ޑެލިވަރީ ކުރުމަށް ހިނގާ ޚަރަދާއި މަސައްކަތްކުރާނޭ މީހުން ހަމަޖައްސަންވާނީ އެފަރާތަކުންނެވެ.
- މިޓަރފަކީ ބްރޭންޑް ނިއު، ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު ކުޅުމަށް ބޭނުންކުރާ ތަނަކަށް އެކަށީގެންވާ ޓަރފެއްކަމުގައި ވާންވާނެއެވެ.
- ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/r1w1Nh2cMnD5MrtaA
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 މާރޗް 2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 26މާރޗް 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީމެއިލް: [email protected]
16 މާރިޗު 2023