ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ރ.އުނގޫފާރު ގޮފީގައި 2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތަކަށް ދަރިވަރުން ނެގުމަށް 21 ފެބުރުއަރީ 2023 ގައި ކުރެވިފައިވާ އިޢުލާން (IUL)160-AS/1/2023/3 ގެ މުއްދަތު 02 މާރޗް 2023 އިން ފެށިގެން 12 މާރޗް 2023 އަށް އިތުރުކޮށް އަލުން އިޢުލާން ކުރީމެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 30 ޖާގަ
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޖާގަ: 30 ޖާގަ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 30 ޖާގަ
ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު:
- ޤުރްއާނުގެ ދާއިރާއިން ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
- ޚާފިޡުކަމުގެ ސަނަދު އޮތުމާއިއެކު މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 30 ޖާގަ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 02 މާރޗް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ އުނގޫފާރު ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ރ.އުނގޫފާރު ގޮފިއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.