ތަމްރީނު
ނަންބަރު: (IUL)160-AS/1/2023/6
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 12 މާރިޗު 2023 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ރ.އުނގޫފާރު ގޮފީގައި 2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއިގުޅޭ

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ރ.އުނގޫފާރު ގޮފީގައި  2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތަކަށް ދަރިވަރުން ނެގުމަށް 21 ފެބުރުއަރީ 2023 ގައި ކުރެވިފައިވާ އިޢުލާން (IUL)160-AS/1/2023/3 ގެ މުއްދަތު 02 މާރޗް 2023 އިން ފެށިގެން 12 މާރޗް 2023 އަށް އިތުރުކޮށް އަލުން އިޢުލާން ކުރީމެވެ.

ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:    30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:    30 ޖާގަ

ޤިރާއަތު ސެޓްފިކެޓް 3

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:    30 ޖާގަ

 

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

 

ޝަރުޠު: 

  1. ޤުރްއާނުގެ ދާއިރާއިން ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
  3. ޚާފިޡުކަމުގެ ސަނަދު އޮތުމާއިއެކު މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:    30 ޖާގަ

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 02 މާރޗް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ އުނގޫފާރު ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ރ.އުނގޫފާރު ގޮފިއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

02 މާރިޗު 2023