ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލަށް ދެ ސާވަރ ހޯދުން:
މާލޭ ސިޓީ ކައުންސިލުގެ އިދާރާއަށް ދެ ސާވަރ ހޯދުމަށް ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު :IUL)425-CB/1/2014/216)ފ(04 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމަށް ހާޒިރުވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުމަށް |
30 ޑިސެންބަރު 2014 |
އަންގާރަ |
14:00 |
މާލޭ ސިޓީ ހޯލް |
އަގު ހުށަހެޅުއްވުމަށް |
05 ޖަނަވަރީ 2015 |
ހޯމަ |
11:30 |
މާލޭ ސިޓީ ހޯލް |
ބިޑް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
30 ޞަފަރު 1436