ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރެހެންދި ސްކޫލުގެ ވަށާފާރު އުސްކުރުމާއި ގޭޓްތައް ހަދައިދޭން ފަރާތެއް ހޯދުން
ވަށާފާރު އުސްކުރުމާއި ގޭޓްތައް ހެދުން
- ރެހެންދި ސްކޫލްގެ ވަށާފާރު އުސްކުރުމާއި ގޭޓްތައް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 26 ފެބްރުއަރީ 2023 ން 5 މާރިޗު 2023 14:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 14,000ރ(ސާދަ ހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މިޕްރޮޖެކްޓް ކާމިޔާބުކުރާފަރާތުގެ ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅާއަގުގެ 3 އިންސައްތައައްވާ ޢަދަދު ބީލަމުގައި ސޮއިކުރުމުގެ ކުރިން ހުށަހަޅަންވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 6 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 12 ވާ އާދިއްތަ ދުވަހުގެ 10:30 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް އަދި ރެޖިސްޓްރީ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިފްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3357700
އީ-މެއިލް: [email protected]
26 ފެބްރުއަރީ 2023
26 ފެބުރުވަރީ 2023
ހޯދާ
