މަސައްކަތް
ނަންބަރު: (IUL)RS/1/2023/41
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 05 މާރިޗު 2023 14:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ރެހެންދި ސްކޫލުގެ ވަށާފާރު އުސްކުރުމާއި ގޭޓްތައް ހަދައިދޭން ފަރާތެއް ހޯދުން

ވަށާފާރު އުސްކުރުމާއި ގޭޓްތައް ހެދުން    

  1. ރެހެންދި ސްކޫލްގެ ވަށާފާރު އުސްކުރުމާއި ގޭޓްތައް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 26 ފެބްރުއަރީ 2023 ން 5 މާރިޗު 2023 14:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 14,000ރ(ސާދަ ހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މިޕްރޮޖެކްޓް ކާމިޔާބުކުރާފަރާތުގެ ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅާއަގުގެ 3 އިންސައްތައައްވާ ޢަދަދު ބީލަމުގައި ސޮއިކުރުމުގެ ކުރިން ހުށަހަޅަންވާނެއެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 6 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 12 ވާ އާދިއްތަ ދުވަހުގެ 10:30 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  7. އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް އަދި ރެޖިސްޓްރީ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  8. މިފްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3357700

އީ-މެއިލް: [email protected]

 

26 ފެބްރުއަރީ 2023

26 ފެބުރުވަރީ 2023