ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާއަށް ވޭނަކާއި ކާރެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ރަޖިސްޓްރީ ކުރައްވާ ، މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
މި އިއުލާނާއިގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ޑޮކިއުމަންޓް ، ބިޑަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ، 2023 މާރިޗް 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ޕްރޮކިއުމަންޓްޔުނިޓަށް[email protected] މެއިލްކުރައްވާ ބިޑްހުށައެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑްހުށައެޅުމަށް ރަޖިސްޓްރީކުރައްވަން ފޮނުވާ މެއިލްގައި ، ކުންފުނި ނުވަތަ ވިޔަފާރީގެ ނަން ، ފޯނުނަންބަރު ، އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ.
ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ، 07 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ [email protected] އަށް މެއިލްކުރެއްވުމުން ، ފޮނުވޭ ސުވާލުތަކުގެ ޖަވާބު 08 މާރިޗް 2023 ގެ ކުރިން ބިޑްހުށައަޅަން ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް އީމެއިލް އިން ފޮނުވޭނެއެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ ، 16 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ، ދ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށައެޅޭ ބިޑްތައް ބަލައި ނުގަނެވޭނޭވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން ، ތާރީޚާއި ވަގުތު އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި ، އަދި ހުށައެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންވާނަމަ ، މިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ[email protected] އީމެއިލްއަށް މެއިލްކުރެއްވުމުން ސާފުކޮށްދެވޭނެއެވެ.