ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-B/238/2023/4
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 16 މާރިޗު 2023 11:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

 

                މިއިދާރާއަށް ވޭނަކާއި ކާރެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ރަޖިސްޓްރީ ކުރައްވާ ، މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މި އިއުލާނާއިގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ޑޮކިއުމަންޓް ، ބިޑަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ، 2023 މާރިޗް 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ޕްރޮކިއުމަންޓްޔުނިޓަށް[email protected]  މެއިލްކުރައްވާ ބިޑްހުށައެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑްހުށައެޅުމަށް ރަޖިސްޓްރީކުރައްވަން ފޮނުވާ މެއިލްގައި ، ކުންފުނި ނުވަތަ ވިޔަފާރީގެ ނަން ، ފޯނުނަންބަރު ، އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ. 

ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ، 07 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ [email protected]  އަށް މެއިލްކުރެއްވުމުން ، ފޮނުވޭ ސުވާލުތަކުގެ ޖަވާބު 08 މާރިޗް 2023 ގެ ކުރިން ބިޑްހުށައަޅަން ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް އީމެއިލް އިން ފޮނުވޭނެއެވެ.  

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ ، 16 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ، ދ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށައެޅޭ ބިޑްތައް ބަލައި ނުގަނެވޭނޭވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން ، ތާރީޚާއި ވަގުތު އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި ، އަދި ހުށައެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ.  އިތުރު މައުލޫމާތެއް ބޭނުންވާނަމަ ، މިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ[email protected]  އީމެއިލްއަށް މެއިލްކުރެއްވުމުން ސާފުކޮށްދެވޭނެއެވެ.

20 ފެބުރުވަރީ 2023