ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިހާރުގެ ލޯގޯ ރީޑިޒައިންކުރުމާއި ރީބްރޭންޑިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 22 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެއްވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި ބިޑްގައި ބައިވެރި ނުވެވޭ ވާހަކަ ދެންނެވީމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޑިއާ ކައުންސިލް، ގ. ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގައެވެ. އަދި މިއިޢުލާނާ އެކު އެޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.
28 رَجَب 1444