މަސައްކަތް
ނަންބަރު: (IUL)219-CS/01/2023/04
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 28 ފެބުރުވަރީ 2023 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިހާރުގެ ލޯގޯ ރީޑިޒައިންކުރުމާއި ރީބްރޭންޑިންގެ މަސައްކަތް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިހާރުގެ ލޯގޯ ރީޑިޒައިންކުރުމާއި ރީބްރޭންޑިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 22 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެއްވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި ބިޑްގައި ބައިވެރި ނުވެވޭ ވާހަކަ ދެންނެވީމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޑިއާ ކައުންސިލް، ގ. ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގައެވެ. އަދި މިއިޢުލާނާ އެކު އެޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

 

28  رَجَب 1444    

19 ފެބުރުވަރީ 2023