ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

ިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ                                  

ހއ.ފިއްލަދޫ / ދިވެހިރާއްޖެ      

                                    ނަމްބަރު:  (IUL)252/252/2023/16

އިޢުލާން

                 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 22 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެއެވެ. ވީމާ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ކައުންސިލްގެ ބަޖެޓް
  • 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލަށް ހުށައެޅުން
  • ރައްޔިތުންގެ ހިޔާލު ހޯދުން

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ރަޖަބް 1444

16 ފެބްރުއަރީ 2023

16 ފެބުރުވަރީ 2023
ހޯދާ