ދިވެހިރާއްޖެ
ިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ހއ.ފިއްލަދޫ / ދިވެހިރާއްޖެ
ނަމްބަރު: (IUL)252/252/2023/16
އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 22 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެއެވެ. ވީމާ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
- 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
- 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ކައުންސިލްގެ ބަޖެޓް
- 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލަށް ހުށައެޅުން
- ރައްޔިތުންގެ ހިޔާލު ހޯދުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ރަޖަބް 1444
16 ފެބްރުއަރީ 2023