ސިވިލް ކޯޓު
ދިވެހިރާއްޖެ
ކޯޓު އެޑްމިނިސްޓްރޭޓަރ

އިޢުލާން

  • މަޤާމް: ކޯޓު އެޑްމިނިސްޓްރޭޓަރ
  • ރޭންކް: EX 1
  • ބޭނުންވާ އަދަދު: 1
  • މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު، މާލެ،
  • މުސާރަ: 8,835.00 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ
  • ސަރވިސް އެލަވަންސް:  2,000.00 ރުފިޔާ (ދެހާސް ރުފިޔާ)  
  • ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 
  • އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުޠު:
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތުތައް: އިދާރީ ހިންގުމާބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި:

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓްފިކެޓް ލެވެލުން މަތީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއެވެ. އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާއިރު ފުރިހަމަކުރި ކޯހަކާ ގުޅިގެން ލިބެންޖެހޭ ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއްކަމަށް އެމް.ކިއު.އޭ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއެކު ހުށަހެޅުމުން ،އެ ސެޓްފިކެޓަށް މާކްސް ދެވޭނެއެވެ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2015 ޖަނަވަރީ 04 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް އަޞްލާ އެއްގޮތްކަމަށް ލިޔެ ސޮއިކޮށް ތައްގަނޑު ޖަހާފައިނުވާނަމަ، އެފަދަ ސެޓްފިކެޓްތައް ޤަބޫލެއް ނުކުރެވޭނެއެވެ.
  • މި މަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  • ވަޒީފާއަށް އެދޭފޯމު، ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމް، ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ