ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2014/1137
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:28
ސުންގަޑި:
04 ޖަނަވަރީ 2015 14:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓު އެޑްމިނިސްޓްރޭޓަރ
އިޢުލާން
- މަޤާމް: ކޯޓު އެޑްމިނިސްޓްރޭޓަރ
- ރޭންކް: EX 1
- ބޭނުންވާ އަދަދު: 1
- މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު، މާލެ،
- މުސާރަ: 8,835.00 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ
- ސަރވިސް އެލަވަންސް: 2,000.00 ރުފިޔާ (ދެހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
- އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސްއޫލިއްޔަތުތައް: އިދާރީ ހިންގުމާބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި:
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓްފިކެޓް ލެވެލުން މަތީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއެވެ. އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.)
- ވަޒީފާއަށް އެދި ހުށަހަޅާއިރު ފުރިހަމަކުރި ކޯހަކާ ގުޅިގެން ލިބެންޖެހޭ ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއްކަމަށް އެމް.ކިއު.އޭ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއެކު ހުށަހެޅުމުން ،އެ ސެޓްފިކެޓަށް މާކްސް ދެވޭނެއެވެ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ ހުށަހަޅަންވާނެއެވެ.
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2015 ޖަނަވަރީ 04 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި އިޢުލާނާ ގުޅިގެން ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް އަޞްލާ އެއްގޮތްކަމަށް ލިޔެ ސޮއިކޮށް ތައްގަނޑު ޖަހާފައިނުވާނަމަ، އެފަދަ ސެޓްފިކެޓްތައް ޤަބޫލެއް ނުކުރެވޭނެއެވެ.
- މި މަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- ވަޒީފާއަށް އެދޭފޯމު، ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމް، ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
24 ޞަފަރު 1436
16 ޑިސެންބަރު 2014