ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން މިހާތަނަށް ކަން ވަކި ކޮށްފައި ނުވާ ފަރާތްތަކުން މި ހިނގާ 2023 ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިން ވަކިކޮށް ކަންމުޑިއެޅުމަށް މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށުގައި ހުރި ފަޅު ގޯތިތަކާއި މީހުން ދިރިއުޅުމަށް ފެށިފައި ނުވާ ގެވަޅުތަކާއި އިންވެގެން ހުރި މަގުފަޅިތައް ސާފުކޮށް ބެލެހެއްޓުމަށް ގޭގޭގެ ވެރިންނަށް އަންގަމެވެ.
އަދި ގޭގޭގެ ވެރިން ރަށުގައި ދިރި ނޫޅޭނަމަ ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ވެރިފަރާތުން ކަނޑައަޅާ ފަރާތެއްގެ މައުލޫމާތު މި މުއްދަތުގެ ތެރޭގައި މި ކައުންސިލާއި ހިއްސާކުރުމަށް ދަންނަވަމެވެ. އެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ތިރީގައި މިވާ ގޫގުލް ފޯރމް ފުރިހަމަކޮށް ދިނުމަށް ނުވަތަ މި އިދާރާގެ ނަންބަރު 6500016 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/EmsUntCru7UdQyQy7
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ރަޖަބް 1444
13 ފެބްރުވަރީ 2023